ދިވެހިރާއްޖެ
ވ. ރަކީދޫ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިޞިއްހީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވުން ނަންބަރު (IUL)VRHC/2021/01އިއުލާނަށް އަށް އެއެވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ އަލުން އިއުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއިއެކް އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:30 އާއި ހަމަޔަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ޞިއްޙީމަރުކަޒަށް ނުވަތަ ވ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވެވުން އެދެމެވެ. އަދި 14 އޮކްޓޯބަރ 2021 ވާ ބްރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މިހެލްތްސެންޓަރާއި ވ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ވ. އަތޮޅު ހޮސްޕިޓަލާއި (ވ. ފެލިދޫ) ، ވ. ރަކީދޫ ހެލްތްސެންޓަރުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
މި އިޢްލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިޞިއްޙީމަރުކަޒުގެ ހޮޓްލައިން 7990026 އަށް ގުޅުއްވަވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
އަދި ދެވިފައިވާ ފުރުސަތުގައި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.