ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓަރ އަދި ޝްރެޑަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ޕްރިންޓަރ އަދި ޝްރެޑަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)221-ASS/221/2021/44 ( 23 ސެޕްޓެމްބަރ 2021 ) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮކްޓޯބަރ 10 ވާ އާދިއްތަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 13 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 13 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މައުލޫމާތުޝީޓް އީމެއިލް ކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
03 ރަބީއުލް އައްވަލް 1443