އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީގެ ޚިދުމަތަށް ބޭނުންވާ 01 (އެކެއް) އޭ/ބީ އާއި ޕެކިމެޓްރީ ސްކޭނަރ 25 (ފަންސަވީސް) ދުވަސްތެރޭ ސަޕްލައިކޮށްދިނުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީގެ ޚިދުމަތަށް ބޭނުންވާ 01 (އެކެއް) އޭ/ބީ އާއި ޕެކިމެޓްރީ ސްކޭނަރ 25 (ފަންސަވީސް) ދުވަސްތެރޭ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޮކްޓޯބަރު 2021 އިން ފެށިގެން 14 އޮކްޓޯބަރު 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.

މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ. މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި ތަކެތީގެ އިތުރު ތަފްސީލް ހިމެނޭ އެނެކްސް 1 ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 16 އޮކްޓޯބަރު 2021 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 19 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

07 އޮކްޓޫބަރު 2021
ހޯދާ