ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
- ވިޔަފާރި އުސޫލުން 2021 ނޮވެމްބަރ 01 އިން 2022 އޮކްޓޯބަރ ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮކްޓޯބަރ 11،10 މި ދެ ދުވަހުގެ ހެދުނު 8.00 ން 12.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޯބަރ 11 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 އޮކްޓޫބަރ 14 ވާ ބްރާސްފަތި ދުވަހުގެ 11.00 ގައި ގއ. އަތޮޅުމަދަރުސާގައި އޮންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 19 ވާ އަންގާރަ ދުވަހު 11:00 ގައި މި މަދަރުސާގެ އިދާރާގައެވެ.
- މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިކަމާއި ގުޅިގެން ކުރިން ކޮށްފައިވާ ނަމްބަރ GS-29/2021/13 ،GS-29/2021/15 ގެ އިޢުލާން ވަނީ ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ، ބާޠިލު ކޮށްފައެވެ.
ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި
-ފޯނުނަމްބަރ: 7983072 -
އީމެއިލް އެޑްރެސް: [email protected]
06 އޮކްޓޫބަރު 2021
ހޯދާ