މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ޓުއަރިސްޓް ރިޕްރެޒެންޓޭޓިވް" ކައުންޓަރުތަކެއް ހަދައިދީ ބަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު


"ޓުއަރިސްޓް ރިޕްރެޒެންޓޭޓިވް" ކައުންޓަރުތަކެއް ހަދައިދީ ބަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް "ޓުއަރިސްޓް ރިޕްރެޒެންޓޭޓިވް" ކައުންޓަރުތަކެއް މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް އަމިއްލަތަކެތީގައި ހަދައިދީ ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 އޮކްޓޫބަރު 31 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރު 31 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

06 އޮކްޓޫބަރު 2021
ހޯދާ