މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ބާއްވާ އޮޑިޝަންއާއި ގުޅޭ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ރ.އަތޮޅު ތަމްޞީލްކުރާނެ ފަރާތްތައް ކަނޑައެޅުމަށް، ރ.އަތޮޅު ކައުންސިލްގެ ފަރާތުން އޮޑިޝަނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މިއޮޑިޝަނުގައި ބައިވެރިވެވޭނީ އަތޮޅުގެ ކޮންމެ ރަށަކުންވެސް، ޖުމްލަ 15 ބައިވެރިންނެވެ. އެއީ، ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިންނެވެ.

އެހެންކަމުން، މަޑުއްވަރީގެ ފަރާތުން މިއޮޑިޝަންގައި ބައިވެރިވާނެ 15 ބައިވެރިން ކަނޑައެޅުމަށް، ރަށު ފެންވަރުގައި އިތުރު އޮޑިޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއޮޑިޝަން ކުރިއަށްދާނީ 2021 އޮކްޓޫބަރު 9 ވާ ހޮނިހިރު ދުވަހު މަޑުއްވަރީ ސްކޫލްގައެވެ. ރަށު އޮޑިޝަން ކުރިއަށްދާނީ، ތިރީގައި ބަޔާންކުރާ ގަޑިތަކުގައެވެ.

 

ހެނދުނު 9:00 ން 11:00 އަށް،   މެންދުރުފަހު 14:00 ން 16:00 އަށް،   ރޭގަނޑު 20:00 ން 22:00 އަށް

 

ޤައުމީ މުބާރާތުގައި އަތޮޅު ތަމްޞީލު ކުރުމަށް އަތޮޅު ކައުންސިލުން ބާއްވާ އޮޑިޝަނުން ހޮވާލެވޭނީ ޖުމްލަ 30 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 20 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 10 ބައިވެރިންނެވެ. އަތޮޅު އޮޑިޝަނާއި ރަށު އޮޑިޝަންގައިވެސް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ، "ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ޤަވާއިދު (2021)" ގެ 12 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އަދި ދެއޮޑިޝަންގައި ބަލާނެ އުމުރުފުރާތަކާއި މުޤައްރަރަކީވެސް މިދެންނެވި ޤަވާއިދުގެ 6 ވަނަ ނަންބަރުގައި ބަޔާންކުރާ އުމުރުފުރާއާއި މުޤައްރަރެވެ. ރަށު އޮޑިޝަނުން އެންމެ ގިނަ މާކްސް ލިބޭ 15 ބައިވެރިންގެ ނަންތައް އަތޮޅު އޮޑިޝަންގައި ބައިވެރިކުރުމަށް އަތޮޅު ކައުންސިލަށް ފޮނުވޭނެއެވެ.

އެހެންކަމުން، ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ އަތޮޅު އޮޑިޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި މަޑުއްވަރީ ސްކޫލަށް ވަޑައިގެން، ރަށު އޮޑިޝަންގައި ބައިވެރިވެ ދެއްވުން އެދެމެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 9693734 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 އޮކްޓޫބަރު 2021
ހޯދާ