މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކޮމިއުނިޓީ ޕާރކްހަޓް ކެފޭއެއް ހިންގުމަށް 07 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން

ނަމްބަރ: (IUL)295-B/2021/34

                                އިޢުލާން

                      

           ނ.ހޮޅުދޫ ކޮމިއުނިޓީ ޕާރކްގައި ހެދިފައިވާ "ޕާރކްހަޓް" ކެފޭއެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން 07 ސެޕްޓެމްބަރ 2021 ގައި މިއިދާރާއިންކުރި ނަމްބަރ: (IUL)295-B/2021/30 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބައެއް ބަދަލުތައް އައިސްފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

           ވީމާ، ނ.ހޮޅުދޫ ކޮމިއުނިޓީ "ޕާރކްހަޓް" ހުސްބިމާއެކު ކެފޭއެއް ހިންގުމަށް 07 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. 

           މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

           މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

06 އޮކްޓޯބަރ 2021

06 އޮކްޓޫބަރު 2021
ހޯދާ