ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވ. ތިނަދޫ އިންޖީނުގެއިން އެރަށު ބަނދަރަށް ފިއުލް ލައިން ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                 

                                                           އިޢުލާން ނަންބަރ:H/IUL/2021/121A

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

ވ. ތިނަދޫ އިންޖީނުގެއިން އެރަށު ބަނދަރަށް ފިއުލް ލައިން ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2021/121 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 އޮކްޓޯބަރ 10 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިކުންފުނީގެ ވ. ތިނަދޫ އިންޖީނުގެއަށް ވަޑައިގެންމަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ 

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް:   80  ޕޮއިންޓް   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 80

މުއްދަތު:   10  ޕޮއިންޓް   

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 10

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.                   

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވ. ތިނަދޫ އިންޖީނުގެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2021/121A

ބިޑް ހުޅުވުން:

 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 އޮކްޓޯބަރ 14 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް މި ކުންފުނީގެ ވ. ތިނަދޫ އިންޖީނުގެއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.
06 އޮކްޓޫބަރު 2021
ހޯދާ