ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސާކް ވޯކްޝޮޕް އޮން އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް އޮފް އާކިޓެކްޗަރ– ޕާކިސްތާން 2021" ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

ސާކް ކަލްޗަރަލް ސެންޓަރ އިން އިންތިޒާމްކޮށްގެން މިއަހަރުގެ ޑިސެމްބަރ މަހު އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ވާކްޝޮޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ވާހަކަ އެފަރާތުން ވަނީ އަންގަވާފައެވެ. މި ވޯކްޝޮޕްގައި ގިނަވެގެން 10 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

  ވީމާ، މި ވޯކްޝޮޕްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ސީވީ މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ.

06 އޮކްޓޫބަރު 2021
ހޯދާ