މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރ.އިނގުރައިދޫ މަސްޖިދުލް އަމާނީ އަދި މަސްޖިދުލް އިބްތިޙާލް މިސްކިތުގެ މަރާމާތު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރ.އިނގުރައިދޫ މަސްޖިދުލް އަމާނީ އަދި މަސްޖިދުލް އިބްތިޙާލް މިސްކިތުގެ މަރާމާތު
- ރ.އިނގުރައިދޫ މަސްޖިދުލް އަމާނީ އަދި މަސްޖިދުލް އިބްތިޙާލް މިސްކިތުގެ މަރާމާތުކުރުމަށް މިއިދާރާގެ ނަންބަރު: IUL)309-ESM/309/2021/21) (08 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރަތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުޅުވާލެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 19 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 21 އޮކްޓޫބަރު 2021 ވާ ބުރަސްފަތި ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 އޮކްޓޫބަރު 2021
ހޯދާ