މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އީ.ޕީ.ސީ ޓަރންކީ އުސޫލުން ހުޅުމާލެ ފޭސް 2 ގައި ދެ ސްކޫލް ޑިޒައިން ކޮށް އިމާރާތް ކުރުމުގެ މަސައްކަތް – ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2020/282 (1 ޑިސެންބަރު 2020) އިޢުލާނުގައިވާ މަސައްކަތްތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިމަސައްކަތްތަކަށް ބީލަން  ހުށަހެޅުމުގެ  ފުރުޞަތު  މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.  

ޕްރޮކިއުމަންޓް ނަންބަރު

ޕްރޮޖެކްޓުގެ ނަން ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން)

TES/2020/W-065-R02

އީ.ޕީ.ސީ ޓަރންކީ އުސޫލުން ހުޅުމާލެ ފޭސް 2 ގައި ސްކޫލް 2 ޑިޒައިން  ކޮށް އިމާރާތް ކުރުމުގެ މަސައްކަތް – ކޮންޓްރެކްޓަރ ފައިނޭންސް

ރ850,000.00

TES/2020/W-066-R02

އީ.ޕީ.ސީ ޓަރންކީ އުސޫލުން ހުޅުމާލެ ފޭސް 2 ގައި ސްކޫލް 3 ޑިޒައިން  ކޮށް އިމާރާތް ކުރުމުގެ މަސައްކަތް – ކޮންޓްރެކްޓަރ ފައިނޭންސް

ރ850,000.00

2. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި މިނިސްޓްރީއިން ކުރިއަށް ގެންދާ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ  GC01ގެ ގްރޭޑް 01،GC01ގެ ގްރޭޑް 02،GC01ގެ ގްރޭޑް 03،GC01ގެ ގްރޭޑް 04 އަދިGC01ގެ ގްރޭޑް 05 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން  "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ.  އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/1,500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 6 އޮކްޓޫބަރު 2021އިން 15 ނޮވެންބަރު 2021އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 10 އޮކްޓޫބަރު 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ  އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 އޮކްޓޫބަރު 2021 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349191, (960) 3349147 (960)

އީމެއިލް : [email protected]

ކޮޕީ  : [email protected]

05 އޮކްޓޫބަރު 2021
ހޯދާ