ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް ޤާއިމްކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު އިޢުލާންގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

އިޢުލާން

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް ޤާއިމްކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު އިޢުލާންގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

 

މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2021/43 (21 އޮކްޓޫބަރު 2021) އިއުލާންއާއި ގުޅިގެން ދަންނަވަމެވެ.

މި އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް އެކުލަވާލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)199-PLS/199/2021/43 (21 އޮކްޓޫބަރު 2021) އިއުލާން އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިކަމަށް އެދި ހުށަހެޅުއްވުމުގެ މުއްދަތު 21 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔެކިޔުންތަކާއިއެކު 2021 އޮކްޓޫބަރު 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ލިޔެކިޔުންތައް  [email protected]އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ކޮންސަލްޓެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް

ތައުލީމީ ފެންވަރު އަދި ތަޖުރިބާ - %60

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު - %40

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 އޮކްޓޫބަރު 2021
ހޯދާ