އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޑްސެލް ދަނޑުމަރާމާތުކުރުމާއި ގުޅޭ

ފުޓްސެލް ދަނޑު މަރާމާތު ކޮއްދޭނެ ފަރާތެށް ހޯދުން

             އދ އޮމަދޫ ފްޓްސެލް ދަނޑު ބޮޑުކޮށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮއްފައިވާ ނަންބަރު (IUL)348-EM/348/2021/33  އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެންމެފަރާތެއް ކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

  • ·         އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

އދ. އޮމަދޫ ފުޓްސެލް ދަނޑު ބޮޑުކޮށް ދަނޑުގެ ވަށައިގެން ފެންސް ޖަހާ ކާޕެޓް އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިބެހޭ:

އދ. އޮމަދޫ ފުޓްސެލް ދަނޑު ބޮޑުކޮށް ދަނޑުގެ ވަށައިގެން ފެންސުޖަހާ ކާޕެޓްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 05 އޮކްޓޯބަރ 2021އިން ފެށިގެން 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި  [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ބޭނުންވާ މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތް ތަކުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ބީލަންތަށް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު  13.00 ގެ ކުރިން އދ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު  13.00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ.

މިބީލަމުގެ މުއްދަތު ހަމަވާ ތާރީޙްއަކީ ބީލަން ހުށަހަޅާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު  13.00 ގައި އދ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު:

ބިޑް ސެކިއުރިޓީ

މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ބިޑް ސެކިއުރީގެ ގޮތުގައި އެފަރާތަކުން ހުށަހަޅާ

އަގުގެ %1 އަށްވާ ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ.

ޕާފޯމަންސް ގެރެންޓީ

މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި އެފަރާތަކުން

ހުށަހަޅާ އަގުގެ %2 އަށްވާ ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ.

އެޑްވާން ޕޭމަންޓް

އެޑްވާންސް ޕޭމަންޓްއަށް އެދި ލައްވައިފިނަމަ މާލިއްޔަތު ޤަވާޢިދުގެ 10.67 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން   އެޑްވާންސް

 ޕޭމަންޓް ލިބޭނެއެވެ.

ލިކުއުޑޭޓަސް ޑެމޭޖެސް

އެގްރިމެންޓްގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.71 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ

މަތީން ލިކުއުޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ. އަދި އެއްބަސްވުމުގެ އަގުގެ އިންސައްތައަށްވުރެ ލިކުއުޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެ

ނަމަ ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކޮށް، އެއްބަސްވުން ބާޠިލް ކުރެވޭނެއެވެ.

 

ނޯޓް: ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށަހަޅަން ވާނީ 500،000 (ފަސް ލައްކަ) ރުފިޔާ އަށް ވުރެށް ބޮޑުވާ ބީލަންތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 އޮކްޓޯބަރ 2021

05 އޮކްޓޫބަރު 2021
ހޯދާ