ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް 23 އޮގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައިވާ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، މިކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ދިދައާއި ސިއްކައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ދިދައާއި ސިއްކަ ހުށަހެޅިފަރާތަކަށް -/5000 ރ. (ފަސްހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ދިދައާއިސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް
- އެއްވެސް މުވައްސަސާއަކުން ބޭނުންކުރަމުންދާ ދިދައާއި ސިއްކައިގެ ކޮޕީއަކަށް ނުވުން.
- އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
- އަތޮޅުގެ ޤަދީމީ ތާރީޚު ނުވަތަ އަތޮޅަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން.
3.1 ނިޔަމި ކަމާއި ހިސާބު ޢިލްމު ރަމްޒުކުރުން
- ނޫ، ހުދު، ފެހި މި 03 ކުލަ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ދިދައާއި ސިއްކަ އަކަށް ވުން
- 2cmx2cm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން.
- މެޓަލްގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި ލަކުޑިއަށް ފަސޭހައިން ބާންކުރެވޭ ލޯގޯއަކަށް ވާންވާނެއެވެ.
- ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.
- ދިދައާއި ސިއްކައިން ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަންލިޔުމުން ހުށަހެޅުން.
- ކުރިމަތިލާ ކޮންމެ ފަރާތަކުންވެސް ދިދައާއި ސިއްކަ ހުށަހަޅަންވާނެއެވެ.
ވީމާ، މިކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19އޮކްޓޫބަރު2021 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ފަރުމާކޮށްފައިވާ ސިއްކައާއި ސިއްކަ ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލްގެސިއްކަ ފަރުމާކުރުން" ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުންވެސްމަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކުރައްވައި މިއިދާރާގެ މެއިލްއެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
28 ޞަފަރު1443
05އޮކްޓޫބަރު2021