ދިވެހިރާއްޖެ
`
އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނަންބަރ: I10C-A/2021/3
އިޢުލާން
މިކޯޓުން ދޭމަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ކަރަންޓު ވިއުގަ މަރާމާތުކުރުން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ އިމާރާތުގެ ކަރަންޓު ވަޔަރު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސަރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.
މި މަސައްކަތް، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޯޓަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. ރެޖިސްޓަރ ނުވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާދެވޭނެއެވެ.
ރަޖިސްޓްރީ ކުރި ފަރާތްތަކަށް މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 13 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި ކޯޓުގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުމާއި އަދި ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައެވެ. މި އިޢުލާނާއިއެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން މިކޯޓަށް ވަޑައިގެން މަތީގައި ދެންނެވިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.
ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6680026 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
04 އޮކްޓޯބަރ 2021
27 ޞޮފަރު 1443