ދިވެހިރާއްޖެ
އިޢުލާން
ވީޑިއޯ އެޑިޓިންގ ސިސްޓަމާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ވީޑިއޯ އެޑިޓިންގ ސިސްޓަމާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އޮތޯރިޓީން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2021/46 ( 20 ސެޕްޓެމްބަރ 2021 ) އިއުލާނާއި ގުޅިގެން ހުށައެޅި އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮކްޓޯބަރ 04 ވާ ހޯމަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 06 ވާ ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 2021 އޮކްޓޯބަރ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން މައުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
27 ޞަފަރު 1443