ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި ކައުންސިލުން މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ފަންޑު ހޯދުމާ ގުޅެ

ނަންބަރު: (IUL)262/262/2021/63

އިޢުލާން

 

މިރަށުގައި މީހުން އަލަށް އާބާދުވެފައިވާ ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް ކައުންސިލުންވަނީ ނިއްމާފައެވެ. ނަމަވެސް މިސްކިތެއް ބިނާކުރުމަށް ބޭނުންވާވަރަށް ފައިސާ ހަމަޖެހިފައިނުވާތީ، މިމިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ﷲ ގެ މަގުގައި ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކުގެ ދީލަތި އެހީގައެވެ. މިސްކިތް ބިނާކުރުމުގެ ފަންޑަށް އެހީވުމުގެ ފުރުސަތު ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާތްތަކާއި، ޢާއްމު ފަރުދުންނަށްވަނީ ހުޅުވާލެވިފައެވެ. މިފަންޑަށް އެހީވެދެއްވުމުގެ ގޮތުން ފައިސާ ފޮނުއްވާނީ ތިރީގައިވާ މިކައުންސިލްގެ އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރެއްވުމަށްފަހު ތިރީގައިވާ މެއިލް އެޑްރެހަށް ރަސީދު މެއިލްކޮށްދެއްވުން އެދެމެވެ.

 

އެކައުންޓްގެ ނަން:

1300، ރެވެނިއު-1 (1 ނަމްބަރު އެކައުންޓް)

އެކައުންޓް ނަމްބަރު:

7706700486001

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން ނުވަތަ 6520050، 6520054 އަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

03 އޮކްޓޫބަރު 2021
ހޯދާ