ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2021/40
ޢިއުލާން
ސިޓީލާ ނީލަން ކިޔުން:
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައިމިވާ ޖަނެރޭޓަރތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. އަދި މި ޖަނެރޭޓަރތަށް ވިއްކާލަން ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތްތަކަށެވެ.
1 |
ޖަނެރޭޓަރ: ކަމިންސް، 187KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |
2 |
ޖަނެރޭޓަރ: ކަމިންސް، 28KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |
3 |
ޖަނެރޭޓަރ: ޑޮއިސް، 40KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވާ ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށައަޅުއްވާ އެންމެމަތީ އަގު 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
އަގު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޮންމެ ޖަނެރޭޓަރަކަށް ވަކިންނެވެ. މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނުވަތަ ތަކެތި ނުގެންދަވައިފިނަމަ އަލުން މިތަކެތި ނީލަމަށް ލެވޭނެކަމާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަކަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ނުވަތަ މަޢުލޫމަތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
27 ޞަފަރު 1443
1 |
ޖަނެރޭޓަރ: ކަމިންސް، 187KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |
2 |
ޖަނެރޭޓަރ: ކަމިންސް، 28KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |
3 |
ޖަނެރޭޓަރ: ޑޮއިސް، 40KW ކޮންޑިޝަން: މަރާމާތުކުރަންޖެހިފައި |