އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަންބަރު: (IUL)339-ESMS/339/2021/66(30 ސެޕްޓެންބަރު 2021) އިޢުލާނުގައި ބޭނުންވާ ވެހިކަލެއްހިމެނިފައިނުވާތީ، އެޢިލާނު ބާޠިލްކޮށް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ ވެހިކަލްއާއި، ވެހިކަލް ޕާޓްސް މި ކައުންސިލަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

  • 1 އެކްސްކަވޭޓާރ
  • 1 ލޯޑަރ
  • 1 ގްރެޑަރ (ލޯޑަރއާއި، އެޓޭޗްކުރެވޭ)
  • 1 ޕެލެޓް ފޯރކް (ލޯޑަރއާއި، އެޓޭޗް ކުރެވޭ)
  • 1 ރޯލަރު (ކުޑަ)

             މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.

             ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 އޮކުޓޫބަރު 13 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް [email protected] އީމެއިލްއަށް (މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) ހުށައެޅުއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނެތްކަމުގައި ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތައް ބީލަން ހުށަހެށުމާއި، ބީލަންހުޅުވުން އޮންނާނީ 2021 އޮކުޓޫބަރު 17 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.     

03 އޮކްޓޫބަރު 2021
ހޯދާ