މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުގައި ކުލަލުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ވިލިމާލެ އެދުރުވެހި ޢިމާރާތުގައި ކުލަލުމާއި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)22-EDF/22/2021/277 އާއި ގުޅިގެން ދެވުނު މައުލޫމާތުތަކަށް ބަދަލްގެންނަން ބޭނުންވާތީ އެއިޢުލާން ބާތިލްކުރުމަށް ފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮކްޓޫބަރު 3 އިން 2021 އޮކްޓޫބަރު 7 އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:https://forms.gle/pCHLEETepsZ5XLbA9
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 2021 އޮކްޓޫބަރު 9 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ވިލިމާލެ، އެދުރުވެހި އޮފީހުގައި އޮންނާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000 (ދިހަހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193,3341194
އީ-މެއިލް: [email protected]
ކޮޕީ-މެއިލް [email protected]
03 އޮކްޓޫބަރު 2021
ހޯދާ