ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ހިރާސްއާބެހޭ ސިޔާސަތަށް (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ދޭނެ ކޮންސަލްޓެންޓެއް 10 ދުވަހުގެ މުއްދަތަށް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/192

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-107-21) GSRF-PSM HR/2021/07

 

 

 

އިޢުލާން

  • ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނީގެ ހިރާސްއާބެހޭ ސިޔާސަތަށް (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ދޭނެ ކޮންސަލްޓެންޓެއް 10 ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

 

ހިރާސް ޕޮލިސީ(ރިސްކް މެނޭޖްމަންޓް ޕޮލިސީ) ކޮންސަލްޓެންޓް ހޯދުމާގުޅޭ މަޢުލޫމާތު

އެކްސްޕާރޓް އޮޕީނިއަން ދޭއިރު މިހާރު ޑްރާފްޓް ކުރެވިފައިވާ ޕޮލިސީއާއި ޕޮލިސީގެ ދަށުން އަމަލުކުރުމަށް ހެދިފައިވާ ޖަދުވަލްތަކަށާއި އަދި އިތުރަށް ހިމަނަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރެވިފައި އޮންނަންވާނެއެވެ.

  • ·         ކުންފުނީގެ ހިރާސްތައް ބަހާލެވިފައިވާ މައިގަނޑު 4 ބައި ތިރީގައި އެވަނީއެވެ.
  1. ވިޔަފާރި ހިރާސް – ކުރިމަތިވާ ނުރައްކާ
  2. މާލީ ހިރާސް – ނިންމާ ކަންކަމުން ލިބޭ ގެއްލުން ދެނެގަތުން
  3. އޮޕަރޭޝަނަލް އަދި ސްޓްރެޓެޖިކް ރިސްކް
  4. ޕްރޮޖެކްޓް ރިސްކް

 

މިކަމަށް ކުރިމަތިލާފަރާތްތަކުގެ ޝަރުތުތައް:

  1. މި ދާއިރާގެ ތަޢުލިމާއި ތަޖުރިބާހުރި ފަރާތެއްކަމުގައިވުން

 

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސަރުކާރުގެ ކަމާގުޅޭ އިދާރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ ލިޔުން
  2. އަމިއްލަ ފަރުދެއްނަމަ އައިޑި ކާރޑް ކޮޕީ
  3. ކަމާގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ރެފަރެންސް ލެޓާރސް)

މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލް:

  1. އަގު: 30 ޕޮއިންޓް
  2. ޓެކްނިކަލް:
  • މިދާއިރާއިން ލިބިފައިވާ ތަޢުލީމް: 30 ޕޮއިންޓް
  • މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ: 30 ޕޮއިންޓް (ތަޖުރިބާގެ ގޮތުގައި ބަލާނީ މަސައްކަތްކޮށްފައިވާ މުއްދަތު/ ރިފަރެންސް ލެޓާރސް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތެއްނަމަ: 10 ޕޮއިންޓް

 

ވީމާ، މިޝެޝަން ނަގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ  15:00 ކުރިން ދީފައިވާ މެއިލް އަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.

ކޯޓޭޝަން މެއިލްކުރާނީ: [email protected]        

                 26 ޞަފަރު 1443

                 03 އޮކްޓޯބަރ 2021

03 އޮކްޓޫބަރު 2021
ހޯދާ