ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/191 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-106-21) GSRF-PSM HR/2021/06 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންޓާރނަލް އޮޑިޓާގުޅޭ ހޭލުންތެރިކުރުމުގެ 1 ޝެޝަން ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އިންޓާރނަލް އޮޑިޓާގުޅޭގޮތުން ހިންގުމަށް ބޭނުންވާ އަހުލުވެރިކުރުމުގެ ޝެޝަންގައި ކޮންޓެންޓުންގެ ގޮތުގައި ހިމެނުމަށް ބޭނުންވާ މައިގަނޑު ބައިތައް:
- އިންޓާރނަލް އޮޑިޓްގެ ފަންކްޝަން ނުވަތަ ޑިޕާޓްމަންޓްގެ މެންޑޭޓަކީ ކޮބައިކަން
- އިންޓާރނަލް އޮޑިޓްގެ މައިގަނޑު އަސާސްތައް
- އިންޓާރނަލް އޮޑިޓްގައި އަމަލުކުރަންޖެހޭ ބެސްޓް ޕްރެކްޓިސްތައް
- ކޯޕަރޭޓް ގަވަރނަންސްގެ އުސޫލާ އެއްގޮތަށް ކުންފުނި ހިނގުމުގައި އިންޓާރނަލް އޮޑިޓްގެ ދަޢުރު
- އިންޓަރނަލް އޯޑިޓްގެ ރިޕޯޓްތައް ހުންނާނެގޮތް
މިކަމަށް ކުރިމަތިލާފަރާތްތަކުގެ ޝަރުތުތައް:
- ރަޖިސްޓާރޑް އޮޑިޓްފާރމް ނުވަތަ އޮޑިޓަރެއް ކަމުގައިވުން
- އޮޑިޓިންގ ދާއިރާގެ ތަޢުލީމާއި ތަޖުރިބާހުރި ފަރާތެއްކަމުގައިވުން
މިކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
- އޮޑިޓްފާރމެއް ނަމަ ރަޖިސްޓްރީގެ ކޮޕީ
- އަމިއްލަފަރުދެއްނަމަ އައިޑީކާރޑް ކޮޕީ
- ކަމާގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ރެފަރެންސް ލެޓާރސް)
މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލް:
- އަގު: 30 ޕޮއިންޓް
- ޓެކްނިކަލް:
- މިދާއިރާއިން ލިބިފައިވާ ތަޢުލީމް: 30 ޕޮއިންޓް
- މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ: 30 ޕޮއިންޓް (ތަޖުރިބާގެ ގޮތުގައި ބަލާނީ މަސައްކަތްކޮށްފައިވާ މުއްދަތު/ ރިފަރެންސް ލެޓާރސް)
- އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތެއްނަމަ: 10 ޕޮއިންޓް
ވީމާ، މިޝެޝަން ނަގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 15:00 ކުރިން ދީފައިވާ މެއިލް އަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]
26 ޞަފަރު 1443
03 އޮކްޓޯބަރ 2021