ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

4

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 4 މަސްދުވަހަށް)

މަޤާމުގެ ރޭންކު:

ޖީ.އެސް 3

ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން / ވެލްފެއަރ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަސައްކަތް ކުރާ ގަޑިއިރަކަށް -/40 ރުފިޔާ (މަހަކު ގިނަވެގެން 250 ގަޑިއިރަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮވިޑް-19 އާއި ގުޅިގެން ލިބޭ ހުރިހާ ބިލްތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޗެކްކުރުން.
  2. މެޑިކަލް ވެލްފެއަރ ބިލްތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޗެކް ކުރުން.
  3. އާސަންދަ ސްކީމް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޗެކްކުރުން.
  4. އެސައިން ކުރެވޭ ހުރިހާ ބިލް/ޓީ.ޓީ/ސިޓީ ފަދަ ތަކެތި އީއެންސްޕާއިން އަޕްޑޭޓްކޮށް ކޮމްޕްލީޓް ކުރުން.
  5. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމު، ސިޓީ، އިތުރު ލިޔެކިޔުންތައް ސެކުޝަނަށް ލިބުމުން، ހުށަހަޅާފައިވާ ލިޔެކިޔުންތައް ޗެކުކޮށް ހަމަތޯ ބެލުމަށްފަހު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހެޅުން.
  6. ބޭސްފަރުވާގެ އެހީއަށް އެދި ލިޔެކިޔުންތަކަށް ވެލްފެއަރ ކޮމިޓީއިން ނިންމާ ނިންމުން އެސް.އެމް.އެސް މެދުވެރިކޮށް ފޯމުހުށަހަޅާ ފަރާތަށް އެންގުން. މިގޮތުން އެހީ ހަމަނުޖެހޭ ފޯމުތަކަށް އެސް.އެމް.އެސް ކުރުމަށްފަހު، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޭސް އީއެންސްޕާއިން ކޮމްޕްލީޓް ކުރުމަށްފަހު ފައިލް ކުރުން
  7. ބޭސްފަރުވާ ގެ އެހީއަށް އެދޭ ފަރާތްތަކުގެ ލިޔެކިޔުންތަކުގެ ތެރެއިން ވެލްފެއަރ ކޮމިޓީއިން އިތުރު ލިޔެކިޔުންތައް ހޯދުމަށް ނިންމާ ކޭސްތަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެފަރާތްތަކަށް އެންގުން އަދި އަގުބަލަންޖެހޭނަމަ އަގު ޗެކްކޮށް ލިޔެކިޔުން ހަމަވުމުން ކޮމިޓީއަށް އަލުން ހުށަހެޅުން
  8. ބޭސްފަރުވާ ގެ އެހީއަށް އެދޭ ފަރާތްތަކުގެ ލިޔެކިޔުންތަކުގެ ތެރެއިން ފައިސާގެ އެހީ ހަމަޖެހޭ ކޭސްތަކަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފިނޭންސް ސެކުޝަނަށް ފޮނުވުން
  9. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ވެލްފެއަރ ކޮމެޓީ އިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހޭ ކޭސްތަކަށް ގުޅާ ދަތުރު ކުރާ ރޫޓް ޗެކްކުރުމަށްފަހު ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ އެޖެންސީއަށް ބިލްކުރާ ގޮތަށް ހަމަޖެއްސުމަށް ކަވަރ ސިޓީ ތައްޔާރުކޮށް ބޭނުންވާ ލިޔެކިޔުންތައް ސްކޭންކޮށް އާސަންދަ ކޮމްޕެނީއަށް އީމެއިލް ކުރުން
  10. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ރާއްޖޭގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހަމަޖެހޭ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ހަމަޖެހޭ މިންގަނޑުގެ ތެރެއިން ޚިދުމަތް ހަމަޖައްސައި ދިނުމަށް އެ ހޮސްޕިޓަލްތަކާ ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން
  11. ސަރުކާރު ހޮސްޕިޓަލްތަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ކަވަރުނުކުރާ ފަރުވާ ތަކަށް އެހީ ހޯދުމަށް ނުވަތަ ބިލު ދެއްކުމަށް އެދި ހުށަހަޅާ ފޯމުތަކަށް އެ ޚިދުމަތް ލިބެންހުރި ރާއްޖޭގެ ހޮސްޕިޓަލްތަކަށް އީމެއިލްކޮށް ފަރުވާގެ ޚަރަދު އަދި ބިލުގެ ތަފްސީލް ހޯދުމާއި އަދި އެކަމަކީ ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ ކަމެއްތޯ ކަށަވަރު ކުރުމަށްފަހު ވެލްފެއަރ ކޮމެޓީއަށް ހުށަހެޅުން
  12. ސަރުކާރު ހޮސްޕިޓަލްތަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ކަވަރުނުކުރާ ފަރުވާ ތަކަށް އެހީ ހޯދުމަށް ނުވަތަ ބިލު ދެއްކުމަށް އެދި ހުށަހަޅާ ފޯމުތަކަށް ކޮމިޓީއިން ނިންމާ ގޮތް އެސްއެމްއެސް މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅާ ފަރާތަށް އެންގުމާއި އަދި ޚިދުމަތް ހަމަޖެއްސި ހޮސްޕިޓަލަށް އެ ޚިދުމަތް ފޯރކޮށްދިނުމަށް އެދި ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އީމެއިލްކުރުމާއި، އަދި އީއެންސްޕާއަށް ކޭސް އަޕްލޯޑް ކޮށް ބަޖެޓަށް އެސައިން ކުރުން
  13. މެޑިކަލް ވެލްފެއަރގެ ދަށުން އާލާތްތަކަށް އެދި ހުށަހަޅާ ހުށަހަޅާ ފޯމުތަކަށް ކޮމިޓީއިން ނިންމާ ގޮތް އެސްއެމްއެސް މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅާ ފަރާތަށް އެންގުމާއި އަދި އެޕްރޫވް ވާ ފަރާތްތަކަށް ބޭނުންވާ ޕީ.އޯ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ތައްޔާރުކޮށް އެހީއަށް އެދޭ ފަރާތަށް ހަވާލުކުރުން
  14. މެޑިކަލް ވެލްފެއަރގެ ދަށުން ދެވޭ އެހީތަކާގުޅިގެން ލިބޭ އިންވޮއިސްތައް ސެކްޝަނަށް ލިބުމުން އެ އިންވޮއިސްތަކާ ގުޅޭ ކޭސްތަކާ އަޅާކިޔުމަށް ވެރިފައިކޮށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށިން ފިނޭންސް ސެކްޝަނަށް ފޮނުވުން
  15. ވެލްފެއަރ ކޮމިޓީ އިން ނިންމާ ކޭސްތަކުގެ ތަފްޞީލް އެކަމަށް ކަނޑައެޅިފައިވާ ޝީޓްގައި ކޮންމެ ދުވަހަކު އަޕްޑޭޓުކުރުން
  16. ރެއަރ ޑިސީސްތަކާ ގުޅިގެން އެޖެންސީއިން ފޯރުކޮށްދޭ ބޭހާއި، އިންޖެކްޝަން އަދި މި ނޫންވެސް ޚިދުމަތްތައް އެކަމާގުޅޭ ބޭރުގެ އަދި ރާއްޖޭގެ އިދާރާތަކާއި މުއާމަލާތްކޮށް ހޯދައި އެހީ ހަމަޖެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން
  17. ހަވާލުކުރެވޭ މަސައްކަތްތައް ނިމުމުން އެ މަސައްކަތާ ގުޅޭ ލިޔެކިއުންތައް ފައިލް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެކައުންޓިން

ފައިނޭންސް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2538
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2021 އޮކްޓޫބަރު 10 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު)އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2021 އޮކްޓުބަރު 11  އާއި2021 އޮކްޓުބަރު 31 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ  ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 އޮކްޓޫބަރު 2021
ހޯދާ