ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބީލަމުގެ ނަން: ލ.މާމެންދޫ ބަނދަރު ސެކިއުރިޓީ ބެލެހެއްޓުން |
ޕްރޮޖެކްޓް ނަންބަރު: 403/PROJ/2021/6 |
އިޢުލާނު ނަންބަރު: (IUL)403-A/403/2021/181 |
އިޢުލާނުގެ ވަނަ: 3 |
މި އިދާރާގެ ނަންބަރު (IUL)403-A/403/2021/147 (24 ޖޫން 2021) އިޢުލާނާއި ގުޅިގެން ތައްޔާރު ކުރެވުނު ބީލަން ފޮތުގައިވާ މަސައްކަތްތަކަށް ބަދަލު ގެނައުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން، އެ އިޢުލާނު ބާޠިލްކޮށް ލ.މާމެންދޫ ބަނދަރު ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 05 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާގުޅޭ ބީލަންފޮތް، 06 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހުން ފެށިގެން 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ.
މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.