ދިވެހިރާއްޖެ
މަޤާމު: |
ކައުންސިލް އެސިސްޓެންޓް |
||||||||
ބޭނުންވާ އަދަދު: |
01 ( އެކެއް) |
||||||||
މަޤާމުގެ ގިންތި: |
ވަގުތީ |
||||||||
މަޤާމުގެ ރޭންކު: |
SS1 |
||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ |
||||||||
މުސާރަ: |
މަހަކު /- 3100 ރުފިޔާ |
||||||||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||||||||
އެހެނިހެން އެލަވަންސް: |
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސަޕޯޓިންގް ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1200
|
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. އިދާރާގެ ގޯޗާއި އިންވެގެންވާ މަގުތަކުގެ އިދާރާއަށްވާ ފަޅި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 2. އިދާރާއާއި އިދާރާގެ ގޯތިތެރެއާއި އަދި އިދާރާގެ ބެލުމުގެ ދަށުގައިވާ ހިނަވާގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ސާފުކޮށްބެލެހެއްޓުން. 3. އިދާރާގެ ގޯތިތެރޭ ގަސްއިންދާ ބެލެހެއްޓުން. 4. ކޮންމެ ދުވަހު އޮފީސް އަލުން ކުނިކަހާ ކޮންމެ ދެދުވަހުން އެއްދުވަހު އޮފީހުގެ ތަޅުން މޮޕުލުން. 5. ހަފުތާޔަކު އެއްދުވަހު އޮފީހުގެ ދޮރުތައް ސާފުކުރުން. 6. މަހަކު އެއްފަހަރު އޮފީހުގެ ސީލިންގ ފޮޅައި ސާފުކުރުން. 7. ޑަސްބިނުގައި ހުންނަ ކަރުދާސްތައް ކޮންމެ ތިންދުވަހުން އެއްދުވަހު އެންދުން. (ފުރިފައިވާނަ ވީ އެންމެ އަވަހަކަށް ނެގުން) 8. ކޮންމެ ދުވަހަކަށް ފާޚާނަ ސާފުކޮށް ބެލެހެއްޓުން. 9. ކޮންމެ ތިންމަހުން އެންމަހު ދިޔަދޮވިތައް ސާފުކޮށް ބެހެލެއްޓުން. 10. ކޮންމެ ތިންމަހުން އެންމަހު ވަޅު ދިޔަހިއްކުން. 11. އިދާރާގެ އޭސީތައް ސާފުކޮށް ބެލެހެއްޓުން. 12. ސަރުކާރުގެ ވެރިންނާއި، ޢިއްޒަތްތެރީންނާއި އަދި ދަޢުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ޓީމްތަކުގެ ބޭފުޅުން ވަޑައިގަންނަވާއިރު އެބޭފުޅުންނަށް މެހުމާންދާރީ އަދާކުރުމުގެ ކަންތައްތައް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. 13. އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ހަފްލާތަކާއި ޖަލްސާތަކާއި، ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކޮށް އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން. 14. ކޮންމެ ދުވަހަކު އޮފީހުގެ މޭޒާއި ގޮނޑިއާއި ފައިލް ބަހައްޓާ ރެކްތަކާއި ފައިލިން ކެބިނެޓްތައް ފޮޅައި ސާފުކުރުން. 15. ކައުންސިލް އިދާރާއަށް ހާޟިރުކުރަންޖެހޭ މީހުންނަށާއި، ރައްޔިތުންނަށް ދެންނެވުން. 16. ޙަވާލުކުރާ ސިޓީ ފަދަ ތަކެތި ޙަވާލުކުރުމާއި، އިޢުލާން ނޯޓިސްބޯޑްތަކުގައި ހަރުކުރުން. 17. އިދާރާގެ އެންމެހައި ފަރުނީޗަރ ފޮޅާއި ސާފުކޮށް ބެލެހެއްޓުން. 18. އިދާރާގެ ގުދަން ސާފުކޮށްބެލެހެއްޓުން. 19. ސްޓޮކް ބަލަހައްޓާ ފަރާތުގެ ލަފާގެ މަތިން ސްޓޮކްގައިވާ ތަކެތި ތަރުތީބުކޮށް، އެތަން ސާފުކޮށް ބެލެހެއްޓުން. 20. އިދާރާ ހުޅުވުމުން އިދާރާގެ އޭސީތައް ޖައްސައި އަދި ރަސްމީގަޑި ނިމިމުން އިދާރާގެ އޭސީތައް ނިއްވުމާއި ދިއްލަންޖެހޭ ބޮކިތައް ދިއްލުން. 21. ގޯތިތަކުގައި ފޫޓު އެޅުމުގައި އެހީތެރިވުން. 22. ކުއްލި ހާދިޘާތަކާއި ގުޅިގެން މަސައްކަތްކުރުން. 23. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާއި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފާޔާ އިރުޝާދުގެ މަތިންކުރުން. 24. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 25. މުވައްޒަފަކު ބަލިވުން ނުވަތަ ޗުއްޓީ ނެގުން ފަދަ ކަމެއް ދިމާވާ ވަގުތު އެމުވައްޒަފެއްގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ނަމަވެސް ޙަވާލުކޮށްފިނަމަ އެމަސައްކަތެއް ކުރުން. 26. ހަމަޖެހިފައިވާ މަސައްކަތްތަކުގެ އިތުރުން މުޅި އިދާރާއިން އެކުގައި ކުރުމަށް ރާވާ މަސައްކަތްތަކުގައި ކައުންސިލަރުންނާއި، ޒިންމާދާރުވެރިޔާ ހަމަޖައްސަވާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން. 27. ރަސްމީ މަސައްކަތާ ގުޅޭގޮތުން އިދާރާއިން ކުރުމަށް ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން. |
||||||||
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެގުން ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
|
||||||||
މަޤާމުގެ ތަޢުލީމީ ރޮނގު |
|||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާ - ފޮޅާސާފުކުރުން. - ކުލެރިކަލް ސަޕޯޓް. |
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް މަޤާމަށް އައްޔަށްކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އޮކްޓޯބަރ 2021 އާއި 17 އޮކްޓޯބަރ 2021 އާ ދެމެދު، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ ގައެވެ.
|
||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9762719 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |