ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބަސް ޑްރައިވަރ

މި އިޢުލާންވަނީ 30 ސެޕްޓެންބަރު 2021 14:07 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ބަސް ޑްރައިވަރ 

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް/ ލ. ގަން

މުސާރަ:

-/2500 (ދެހާސް ފައްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/100ރ (އެއްސަތޭކަ ރުފިޔާ) މަސައްކަތު ނިކުންނަ (ރަސްމީ ދުވަސްތަކު) ކޮންމެ ދުވަހަކު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޤަވާޢިދާ އެއްގޮތަށް ބަސްޑްރައިވަރުގެ އަމަލުތައް ހުރިހާ ވަގުތެއްގައިވެސް ބެހެއްޓުން.
  2. ބަހުގައި ދަރުތުކުރާ އެންމެހާ ފަރާތްތަކާއި މުޢާމަލާތު ކުރަންވާނީ ރީތި ބަހުންނެވެ.
  3. ބަހުގެ ޑްރައިވަރު ބަހުގައި ދަތުރުކުރާ ވަގުތުތަކުގައި އަބަދުވެސް ހުންނަން ވާނީ އެކަށީގެންވާ ހެދުމެއްގައެވެ.
  4. ސްކޫލްގެ ރަސްމީ ކިޔެވުން އޮންނަ ދުވަސްތަކާއި ކިޔެވުން ނޯންނަ ދުވަސްތަކުގައި ސްކޫލުން ހަމަޖައްސާ ވަގުތުތަކަށް ގަޑިއަށް ދަރިވަރުން / ބެލެނިވެރިން ސްކޫލަށް ގެނައުމާއި، ގެންގޮސްދިނުން.
  5. ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ ކުރިން ޑްރައިވަރުމީހާ ބަހުގެ ހާލަތު (ޑިސަލް ހުރިތޯ، އަޑީތެޔޮ ހެޔޮ މިންވަރަށްހުރިތޯ، ސްޓާޓުވޭތޯ، ޓަޔަރުތަކުގެ ޙާލަތާއި މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ އެހެންވެސް ކަންކަން ) ރަގަޅުތޯބަލާ ޗެކުކުރުން.
  6. ޤަވާޢިދުން ސްކޫލުން ހަމަޖައްސާ ގޮތެއްގެމަތިން ބަހުގެ ޑީސަލް އެޅުމާއި، ބަހުގެ އަޑީތެޔޮ ބަދަލުކުރުމާއި މަރާމާތުގެ މަސައްކަތްތައް ކުރުމުގައި ސްކޫލުން އަންގާގޮތަކަށް މަސައްކަތްކުރުން.
  7. ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ 10 މިނެޓްކުރިން ބަހަށް އަރާހުރުން
  8. ބަހަށް އަރާ ދަރިވަރުން/ ބެލެނިވަރިންގެ ސަލާމަތާއި ރައްކާތެރިމަށް ބަލައިގެން ބަސް ދަތުރުކުރުން.
  9. ބަހަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ސްކޫލް އިދާރާއިން ހަމަޖައްސާފައިވާ ފަރާތަކަށް އެންގުން.
  10. ކުއްލިއަކަށް މަރާމާތު ކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެފަދަކަންކަން އެހެން ފަރާތެއް މެދުވެރިކޮށް ޙައްލުކުރެވެންދެން ސްކޫލުފަރާތުން ބަހުގެ ކައިރީގައި ވަގުތު ހޭދަކުރުން، ނުވަތަ އިދާރާއިން ހަމަޖައްސާގޮތެއްގެމަތިން އެމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން .
  11. ކޮންމެ ދުވަހަކު މަދުވެގެން 01 ފަހަރު ބަހުގެ އެތެރެ ރީއްޗަށް ޝީޓުތަކާއިއެކު ވެއްޔާއި ހިރަފުސްފޮޅާ ސާފުކުރަންވާނެއެވެ.
  12. ކޮންމެ ހަފްތާ އަކު މަދުވެގެން 02 ދުވަހު ބަހުގެ ބޭރަށް ރީއްޗަށް ފެންޖަހާ ހިރަފުސް ދުއްވުމަށްފަހު ބިއްލޫރިތައް ރީއްޗަށް ގްލާސް ކްލީނަރ ލައިގެން ފޮހެ ސާފުކުރަންވާނެއެވެ.
  13. އަދި ބަހުގެ ޝީޓްތައް މަދުވެގެން މަހަކު އެއްފަހަރު ޝީޓް ޕޮލިޝް ކިޓް ކާއްތާ ރީއްޗަށް ސާފުކުރަންވާނެއެވެ.
  14. ބަސް ދަތުރުކުރަމުން ދަނިކޮށް ދަރިވަރުން/ބެލެނިވެރިންގެ ފަރާތުން ކަމެއް ހިނގައިފިނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމާއިއެކު ކަމުގެ މައުލޫމާތު ލަސްނުކޮށް ސްކޫލްގެ އިދާރާއަށް އެންގުން.
  15. ބަސްޑްރައިވަރުންނަކީ ކޮންޓްރެކްޓް އުސޫލުން ސްކޫލުގައި ގެންގުޅޭ މުވައްޒަފުން ކަމުގައިވާތީ ސްކޫލުން އެދިއްޖެނަމަ ސްކޫލުން ރާވާ ހިންގާ ކަންކަމުގައި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުޠުތައް:

  • ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  • ދިވެހިރައްޔިތަކު ކަމުގައިވުން.
  • ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 65 އަހަރު ފުރިފައި ނުވުން.
  • އަޚުލާޤީ ގޮތުން ރަނގަޅު މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 05 އަހަރު ޝަރީޢަތައް ޖިނާއީ މައްސަލައެއް ސާބިތުވެ، ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައިނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ތަޢުލީމީ ފެންވަރު، ފޯނު ނަންބަރު އަދި މިފަދަ ވެހިކަލް ދުއްވުމުގެ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ ގެ 13:00 ގެ ކުރިން،   ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 އޮކްޓޯބަރ 2021 އާއި 16 އޮކްޓޯބަރ 2021  އާއި ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

30 ސެޕްޓެންބަރު 2021
ހޯދާ