ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްޢިމާރާތުގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް         

 ތިމަރަފުށި، ދިވެހިރާއްޖެ،

                        ނަންބަރު:N10C-A/IU/2021/01   

އިޢުލާން

މިކޯޓުގެ ޢިމާރާތުގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

        މިކޯޓުގެ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ  ތަކެތީގައި  ކޮށްދިނުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 04 އޮކްޓޯބަރ 2021ވާ  ހޯމަ  ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޯބަރ 2021ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.         

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި،ގަޑި ޖެހިގެން މެއިލް އަދި ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިކޯޓްގެ ނަންބަރު 6780660 އަށް ގުޅުއްވުންއެދެމެވެ. 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

            29  ސެޕްޓެމްބަރ 2021                 

29 ސެޕްޓެންބަރު 2021
ހޯދާ