މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ވިޔަފާރިގެ އުސޫލުން މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް އޮތް  ފަސްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލުގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ދެންނެވިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭ ފަރާތްތަކުން 12 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 10:00 ކުރިން ސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމުން އެފަރާތްތަކަށް އޮންލައިންކޮށް މަޢުލޫމާތު ދެވޭނެވާހަކަ ދަންނަވަމެވެ.

 ބިޑް ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރު 2021 ވާ ބުދަދުވަހުގެ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.   ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން  ދެންނެވިފައިވާ ގަޑިއަށް މެއިން މެދުވެރިކޮށް ފޮނުވައި ސްކޫލަށް ލިބުނުކަން ކަށަވަރުކުރެއްވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުކަމުގައިވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 ނުވަތަ 7368635 ނަންބަރަށް ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2021
ހޯދާ