ދިވެހިރާއްޖެ
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމާއި ބެހޭ:
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު (IUL)410-A/410/2021/39 (6 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން 3 ފަރާތުން އަންދާސީ ހިސާބު ލިބިފައި ނުވާތީ އެނަންބަރު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
# |
އައިޓަމް |
ބޭނުންވާ އަދަދު |
ސްޕެސިފިކޭޝަން |
1 |
ޕްރޮޖެކްޓަރ |
1 |
Wifi capable (wireless projection) |
2 |
ނެޓްވޯރކް އެޓޭޗްޑް ސްޓޯރޭޖް ސިސްޓަމް |
1 |
NAS with 2TB hard disk(x2) disk (RAID support) |
3 |
އެޗް.ޑީ.އެމް.އައި ކޭބަލް |
1 |
50 ft hdmi cable (both end hdmi) |
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ތަކެތީގެ ސްޕެސިފިކޭޝަން.
3- ތަކެތީގެ ކުލަ ފޮޓޯ.
4- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).
5- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.
6- ތަކެތީގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތެއްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި އިދާރާއަކުން ދީފައިވާ)، ލިޔެކިއުންތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެ ވިޔަފާރި ކުރާ ފަރާތެއްތޯ
- ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage
|
|
10% |
ވޮރަންޓީ މުއްދަތު |
ބިޑް ހުށަހެޅުން:
ވީމާ، ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް 04 އޮކްޓޯބަރ 2021 ހޯމަ ދުވަހު 13:00 ގެ އަށް މިއިދާރާގެ [email protected] މެއިލްއަށް މެއިލްކޮށް ދެއްވުން އެދެމެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.