ދިވެހިރާއްޖެ
ނަންބަރު: GS210/IUL/2021/24
ޢިއުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސްކޫލްގެ ނަންބަރު GS210/IUL/2021/22 (12 ސެޕްޓެމްބަރ 2021) އާއި ގުޅިގެން ހުށައެޅުނު އަގުތަށް ބޮޑުކަމަށް ފެންނާތީ ވަށާފާރު ރާނައި ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ.