ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ 75 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކާއިގުޅޭ
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ތިރީގައިވާ އިނާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމިއްޔާއިން ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
- އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސަސަކަވާ ހެލްތު ޕްރައިޒް
- ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ކެއަރ ފޮރ ދި އެލްޑަރލީ ހެލްތު ޕްރޮމޯޝަން"
- ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
- ނެލްސަން މަންޑެލާ އަވޮރޑް ފޮރ ހެލްތު ޕްރޮމޯޝަން
މަތީގައިވާ އިނާމްތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.
ވީމާ، މި އިނާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2021 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުއަށް ފޮނުއްވުން އެދެމެވެ.
މި އިނާމުތަކާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. https://apps.who.int/gb/awards/)) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު މިޑިވިޜަން (3014473) އަށް ގުޅުއްވުން އެދެމެވެ.
