އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބު ބާއްވާ ތަނާއި ގަޑި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 ޖުލައި 13 ވާ އާދީއްތަ ދުވަހު ބާއްވާ އިންތިޚާބު މާލޭގައި ބާއްވާނެ ތަނާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

ވޯޓުލާ ތަން: އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޗާންދަނީ މަގު، މާލެ)

ވޯޓުލުން ފެށޭގަޑި: ހެނދުނު 9:30

ވޯޓުލުން ނިމޭގަޑި: ހަވީރު 15:30

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން ވޯޓުލާގަޑި ނިމޭއިރު ހާޒިރުވެތިބި ޤާނޫނީ ވަކީލުން ވޯޓުލައި ނުނިމޭނަމަ، އެގަޑި ހަމަވާއިރު ވޯޓުލުމުގެ ކިއުގައި ތިިބި ޤާނޫނީ ވަކީލުން ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިޔަށް ގެންދެވޭނެއެެވެ. އަދި މި އުސޫލުގެ 12 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުލައިނިމޭތާ 06 (ހައެއް) ގަޑިއިރުތެރޭގައި ވޯޓުގުނައި ނިންމައި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރުމާއި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރާތާ 24 (ސައުވީސް) ގަޑިއިރުތެރޭގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރެވޭނެއެވެ.

3 ރަމަޟާން 1435

01 ޖުލައި 2014
ހޯދާ