ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

ޕްރަޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 

އެކްޓިވިޓީ ޔުނީފޯރމް ހޯދުމާގުޅޭ

 

                  މި ސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯރމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS91/IUL/2021/04 ނަންބަރ އިއުލާނަށް އެންމެ ފަރާތަކުން މައުލޫމާތު ސާފްކޮށްފައިވާތީ އެ އިއުލާން ބާތިލުކޮށް މި ސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯރމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުންއިއުލާން ކުރަމެވެ.

                          މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 30ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2021 އޮކްޓޯބަރ 06 ވާ ބުދަ ދުވަހު 11:00 އަށް މި ސްކޫލަށް ދުރުވެ ޕްރަޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފްކުރަންވަޑައި ނުގަންނަވާ ފަރާތްތަކާއި ފުރިހަމަ ނުވާ ޕްރަޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ. ޕްރަޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ޕްރަޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭކުރެންދޫ ސްކޫލް / ހދ.ނޭކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6520528،6520553

އީ-މެއިލް: [email protected]

28 ސެޕްޓެންބަރު 2021
ހޯދާ