ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)22-E/22/2021/279
އިޢުލާން
ވ. ރަކީދޫ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ
ވ. ރަކީދޫގައި 2021 އޮކްޓޫބަރު 24 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ރަކީދޫ ސްކޫލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލަމެވެ. ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެއެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ރަކީދޫ ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެއެވެ.
ވީމާ، މި ސްކޫލަށް ވައްދަން އެދޭ ދަރިވަރުންގެ ފޯމު 2021 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 1400 ގެ ކުރިން ވ. ކެޔޮދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ކެޔޮދޫ ސްކޫލުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
21 ޞަފަރު 1443
