ދިވެހިރާއްޖެ
އިޢުލާން
ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ދޫކުރުން.
ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުގެ ރުއްގަހުގެ ނަމުގައި ކުރިން ބަލަމުންއައި ރުއްތަކުގެ ތެރެއިން ފޯދުނު 310 (ތިންސަތޭކަ ދިހައެއް) ރުކާއި، ފޯދުނު 3 (ތިނެއް) ބަނބުކެޔޮގަސް، މަހަކު 2,500/- (ދެހާސް ފަސްސަތޭކަ) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2021/34 (19 އޮގަސްޓް 2021) ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މާލިއްޔަތުގެ ރުއްގަސް ހުރި ތަންތަން ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން، 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުން ފެށިގެން 2021 އޮކުޓޫބަރު 06 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާ ދެމެދު، ރުއްގަސް ހުރި ތަންތަން ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.
ވީމާ، ނިލަންދޫ މާލިއްޔަތު ރުއްގަސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ބޭފުޅުން، "ނިލަންދޫ މާލިއްޔަތުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2021 އޮކުޓޫބަރު 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
ރުއްގަސް ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.
20 ޞަފަރު 1443
27 ސެޕުޓެންބަރު 2021