ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،
ޅ. ހިންނަވަރު، ދިވެހިރާއްޖެ.
އިޢުލާން
ޅ. ހިންނަވަރުން ކޮޓަރިއެއް ކުއްޔަށް ހިފުމާއި ބެހޭ
"ކޮންސްޓްރަކްޝަން އޮފް ޅ. ހިންނަވަރު ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓް" ގެ މަސައްކަތް ކުރަމުންދާ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ. (އެމް.ޓީ.ސީ.ސީ) ގެ ސްޕަވައިޒަރ ހުރުމަށްޓަކައި، ހިންނަވަރުން 01 ކޮޓަރި، 01 ފާޚާނާ، އަދި ސިޓިންގ ރޫމް ހިމެނޭގޮތަށް، 31 ޖުލައި 2022ގެ ނިޔަލަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެކޮމޮޑޭޝަން ހަމަޖައްސައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް އެދި، 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00ށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ކޮޓަރިއެއް ކުއްޔަށް ދޫކުރުމާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ސިޓީއާއިއެކު ތިރީގައި މިދަންނަވާ ލިޔެކިޔުންތައް (ސާފުކޮށް ކިޔަންއެނގޭ) ހުށަހެޅެއްވުން އެދެމެވެ.
- ގޭގެ ރަޖިސްޓްރީ ކޮޕީ
- ގޭގެ ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ
* ކުއްޔަށް ދޫކުރެވޭނެ އަގު ސިޓީގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
ލިޔެކިޔުންތައް ހަމަނުކޮށް ހުށަހަޅާ ސިޓީއާއި އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.
އަދި މެއިލް މެދުވެރިކޮށް އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ސިޓީ ހުށަހެޅުމަށް އިޢުލާންގައިވާ ވަގުތު ހަމަވުމުގެ ކުރިން، [email protected] އަށް ލިޔެކިޔުންތައް މެއިލްކުރެއްވުމަށް ދަންނަވަމެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، އެމް.ޓީ.ސީ.ސީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަލްފާޟިލާ އާސިޔަތު މުޙައްމަދު (މޮބައިލް ނަމްބަރ: 7551061) އާއި ގުޅުއްވުން އެދެމެވެ.
21 ޞަފަރު 1443
28 ސެޕްޓެމްބަރ 2021