ދިވެހިރާއްޖެ
އިއުލާން ނަންބަރ: (IUL)GS-01/GS-01/2021/35
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބަގީޗާ ގަސްތައް ބެލެހެއްޓުމަށް މީހުން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 2 (ދޭއް)
މަސައްކަތް ހަމަޖެހިފައިވާ ތަން: ބ.އަތޮޅު ތަޢުލީމީ މަރުކަޒު
އުޖޫރަ: މަސައްކަތަށް ނުކުންނަ ކޮންމެ ޑިއުޓީއަކަށް (6 ގަޑިއިރު) 200 ރުފިޔާ
މުއްދަތު: 3 މަސް
ފެންވަރު ނުވަތަ ޝަރުތު:
- އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން.
- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދު ފުރިހަމަ ސިއްހަތެއް ހުރި މީހެއް ކަމުގައިވުން.
- މަސައްކަތުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެ އުޅޭނެ މީހެއް ކަމުގައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
އަސާސީ ޝަރުތު ހަމަވުން |
50 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު |
05 |
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ |
05 |
އިންޓަރވިއު |
40 |
ކުރަންޖެހޭ މަސައްކަތް
- ސްކޫލް ބަންދު ދުވަސްތަކާއި ސެޝަން ނޯންނަ ވަގުތުތަކުގައި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން.
- ސްކޫލްގެ ބަގީޗާ ގަސްތައް ކޮށައި ބެލެހެއްޓުމާއި ގަސް އިންދާ ހެއްދުމާއި ގަސްތަކަށް ޤަވައިދުން ފެންޖެހުން.
- ސްކޫލް ގޯތިތެރެއަށާއި ވަށައިގެންވާ މަގުތަކަށް ފެންޖެހުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. މަސައްކަތް ކުރުމަށް އެދޭ ފަރާތުގެ ސިޓީއެއް
2. އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
ސުންގަޑި:
މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
އިންޓަވިއު ކުރުން އޮންނާނީ، 30 ސެޕްޓެމްބަރ 2021 ދުވަހު ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ވުމާއެކު، ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.