ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އޮފިސަރ، ޕްރޮކިޔުމަންޓް

މި ކޯޕަރޭޝަނުނ އޮފިސަރ، ޕްރޮކިޔުމަންޓް މަޤާމަށް ކުރި ނަންބަރު (IUL)FDC-HR/1/2021/33 އިއުލާން (02 އޯގަސްޓް 2021) އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަޤާމަށް އަލުން އިއުލާންކުރަމެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

 އޮފިސަރ، ޕްރޮކިޔުމަންޓް

ބޭނުންވާ އަދަދު

 01

ކުރިމަތިލުމުގެ  ސުނަގަޑި

 06 އޮކްޓޯބަރ 2021 ބުދަ ދުވަހުގެ 16:00

 

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/vR7Zmnnodj5NeX4D8

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( މުއްދަތު ހަމަވެފައިވާނަމަ ޑްރައިވިންގް ލައިސެންސް ނުވަތަ ޕާސްޕޯރޓް ކޮޕީ)
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

27 ސެޕްޓެންބަރު 2021
ހޯދާ