އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތަށް ބަދަލުގެނައުން

(IUL)38-CA/38/2021/715: ނަންބަރު 

އިޢުލާން

އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާ އާއި، ބައި-އިލެކްޝަން ބާއްވަންޖެހޭ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތަށް ބަދަލުގެނައުން

2021 ސެޕްޓެންބަރު 22 ގައި ކުރެވުނު ނަންބަރު IUL]38-CA/38/2021/712] އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ހަވާލާދިފައިވާ އިޢުލާނުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ ގަޑި، 27 ސެޕްޓެންބަރު 2021 ގެ ރޭގަނޑު 12:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

 

27 ސެޕްޓެންބަރު 2021
ހޯދާ