ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެއިން ކުނި ނަގައިގެން ކުނި ކޮއްޓަށް ކުނި ގެންގޮސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ގޭގެއިން ކުނި ނަގައިގެން ކުނި ކޮއްޓަށް ގެންގޮސް ދޭނެ ފަރާތެއް ހޯދުން

 

                   ލ.ކުނަހަންދޫގެ ގޭގެއިން ކުނި ނަގައިގެން ކުނި ކޮއްޓަށް ކުނި ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

                   ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 އޮކްޓޫބަރު 2021ވާ އާދިއްތަ ދުވަހުގެ 13:00ށް ކުނަހަންދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

27 ސެޕްޓެންބަރު 2021
ހޯދާ