ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އެސިސްޓެންޓް (ވޭޖް) މ. މުލީ މިސްކިތްތަކުގައި
މި އިދާރާއިން ބަލަހައްޓަމުން ގެންދާ މިރަށުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ވޭޖު އެމްޕްލޯއިމަންޓްގެ ދަށުން 01 އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފުން ނެގުމަށް ބޭނުންވެއްޖެ އެވެ.
މަޤާމް: |
ކައުންސިލް އެސިސްޓެންޓް (ވޭޖު) މިސްކިތްތަކަށް |
މަޤާމް ނަމްބަރު: |
- |
ބޭނުންވާ ޢަދަދު: |
03 (ތިނެއް) |
މަޤާމްގެ ގިންތި |
ވަގުތީ (1 އަހަރު) |
މަޤާމް ރޭންކް: |
އެސް. އެސް 1 |
މަޤާމް ކުލެފިކޭޝަން : |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މުލަކަތޮޅު މުލީ މިސްކިތްތައް |
މުސާރަ: |
މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ |
ސާރވިސް އެލަވަންސް |
-- |
އެހެނިހެން އެލަވަންސް: |
ވޭޖު އެމްޕުލޯއި މެންޓުގެ ދަށުން ނަންގަވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑިއަކަށް ކަނޑަ އެޅިފައިވާ ރޭޓްގެ އިތުރު އެއްވެސް އެލަވަންސް އެއް ނުލިބޭނެ އެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔާތު ތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުތުތައް: |
- ލިޔަން ކިޔަން ދަތުމާއި އެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަށް ލިބިފައިވުން. - ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ލިބިފައިވުން. - ޢުމުރުން 55 އަހަރުން ދަށުގެ މީހެއް ކަމުގައިވުން. |
ހުށައަޅަންޖެހޭ ލިޔުންތައް: |
03. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާ ކުރަމުންދާ ވަޒީފައިން ވީއްލުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވަ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންފެންވަރު/ ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގުމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ސެޓްފިކެޓްނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް. ކިޔޫ. އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެކޮޕީ 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލްސަރިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކަރު ހިއްސާވާ ކުންފުއްޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފއިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއިދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔާތުތައް އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގެއި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އެފީހަކުން ދޫކޮށްފައިވާލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން :https:/myacount.csc.mv ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް). ވަޒީފާގެ މަސްޢޫލިއްޔާތު ތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒިފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ފަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔާތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޯގޮތަށް) ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށްއެ ތަނުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައި މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. (ބ) އުވާލާފައިވާ ދައުލަތެއްގެ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތު (އަހަރާއި، މަހާއި، ދުވަސް) ވަޒީފާގެ މަސްޢޫލިއްޔާތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ ތަނުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8ގައިވާ ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަމްބަރުގައި ހިމަނާފައިވަނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަނީ 2021 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ އަޅައިފިނަމަ އެ ކަނޑައެޅި ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެ އެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ A2ޝީޓް ޢާއްމު ކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭ ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތި ލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ އޮތްތަނަމަ A2 ޝީޓް ޢާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ އަށް ހުށަހަޅަން ވާނެއެވެ. |
އިންޓަވިއު އޮންނަ ތަނާއިމުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޯބަރ 17 އާއި 21 އާއި ދެމެދު މ. މުލީ ކައުންސިލް އިދާގައެވެ. |
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒިފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯއްދުން: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކައުންސިލް އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ގަޑިގައި 6720508 އަށެވެ. |