ދިވެހިރާއްޖެ
އިއުލާން
ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ |
ބޭބީ ނާސަރީ އަދި ނާސަރީ ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 06 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ފޯމާއި އަދި ފޯމާއެކު ހުށަޅަންޖެހޭ ތަކެތި ހުށަހެޅުން އެދެމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ހުށައަޅުއްވަން ޖެހިލައްވާ އެންމެހާ ލިޔެކިޔުމުގެ މަޢުލޫމާތު ފޯމްގައި ބުނެދެވިފައިވާނެއެވެ.
ޕްރީސްކޫލަށް ކުދިން ވެއްދުމުގެ އުމުރުފުރާ ބަލާނީ 01 އޮގަސްޓް 2021 އަށް ކަމުގައި ދެންނެވީމެވެ.
މަރުހަލާ |
އުމުރު ފުރާ |
ބޭބީ ނާސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9867474 ނަންބަރު ފޯނާއެވެ. ނުވަތަ 6580073 ނަންބަރަށެވެ.
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
27 ސެޕްޓެމްބަރ 2021