ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2021/14
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ތިރީގައިވާ މަޢުލޫމާތާއިއެއްގޮތަށް މިސަރވިސް އަށް 03 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 އޮކްޓޯބަރ 10 ވާ އާދިއްތަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
ކޮމްޕިއުޓަރ ސިސްޓަމް ތަކުގެ ޢަދަދާއި ތަފްސީލް:
03 ކޮމްޕިއުޓަރ ސިސްޓަމްގެ ސްޕެސިފިކޭޝަން
Spec |
Details |
Processor |
Intel Core i7-10700 Processor |
RAM |
16 GB, DDR4 |
Storage |
512GB SSD |
Graphics |
Onboard UHD Graphics |
Networking |
Gigabit Ethernet NIC / Wireless (optional) |
Ports |
USB3.0 x 2, Ethernet Port |
Keyboard |
USB Keyboard |
Mouse |
Optical Scroll Mouse (including mouse pad) |
Operating System |
Microsoft Windows 10 Professional 64- bit Genuine |
Monitor |
27” LED Monitor |
Warranty |
1 Year parts warranty
|
Accessories
Item |
Spec |
Qty |
Webcam |
Full HD 1080p video calling (up to 1920 x 1080p) 78° Diagonal field view Auto focus USB 2.0 or 3.0 Universal Clip fits for monitors |
1 |
Headphone with Mic |
Microphone type: Bi-directional Sensitivity (headphone): 115 dB +/-3 dB Sensitivity (microphone): -42 dBV/Pa +/- 3 dB Frequency response (Headset): 20 Hz - 20 KHz Frequency response (Microphone): 100 Hz - 16 KHz Compatible with Windows 10 USB 2.0 or 3.0
|
1 |
Note: All requirements mentioned for Computer System above are minimum.
ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު
- މަތީގައިވާ ގޮތަށް 03 ކޮމްޕިއުޓަރ ސިސްޓަމްއަށް އެސްޓިމޭޓް ހުށައެޅުން.
- އޮޕަރޭޓިން ސިސްޓަމް ވާންޖެހީނީ ވިންޑޯސް 10 ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ހުށައަޅަންވާނެއެވެ.
- ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
- އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމެނުން.
- ކޮމްޕިއުޓަރ ސިސްޓަމް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅުއްވަންވާނެއެވެ.
- ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދެއްވާފައިވާ ކަން ހާމަކޮށްދޭ ލިޔުންތައް ހުށައަޅުއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 85) |
85 |
Shortest Delivery Period) / (Quoted Delivery Period) x 10) |
10 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 2 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
02 ޞަފަރު 1443