ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 2 ޕިކަޕް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީކޮށް ބީލަންފޮތް ގަތުމަށްފަހު ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ފޮތެއްގެ އަގަކީ -/500ރ ފައްސަތޭކަ ރުފިޔާއެވެ.
| ތަފްސީލް | ތާރީޚް | ދުވަސް | ގަޑި | 
| ބީލަމުގައި ރަޖިސްޓްރީވުމާއި ބީލަންފޮތް ވިއްކުން | 28-09-2021 ން 06-10-2021 އަށް | ބަންދޫން ކޮންމެ ދުވަހެއްގެ | 9:00 ން 12:00 އަށް | 
| މަޢުލޫމާތު ސާފުކުރުން | 06-10-2021 | ބުދަ | 13:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 14-10-2021 | ބުރާސްފަތި | 13:00 | 
ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީ ވެ ބީލަންފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށައެޅޭނެއެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އދ. މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
26 ސެޕްޓެމްބަރ 2021
 
                    