ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި އިންސްޓިޓިއުޓުން ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ ދިވެހި މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިންސްޓިޓިއުޓުން  ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ ދިވެހި މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް  ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:IUL 451-FP/1/2021/19 އިޢުލާނަށް ދީފައިވާ ޓީއޯއާރު އިސްލާހްކޮށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.  

  

  • މަޢުލޫމާތު ސާފުކުރުން އޮންނާނީ ސެޕްޓެންބަރު 30 ވަނަ ދުވަހު 11:00ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރު 05 ވަނަ ދުވަހު 11:00ގައި ސްޓާރކްލައުޑް ބިލްޑިންގ    ( މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]
  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.             

26 ސެޕްޓެންބަރު 2021
ހޯދާ