މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
ޑިޕާޓްމަންޓް
|
އިންފޮރމޭޝަން ޓެކްނޮލޮޖީ އެންޑް އިންފޮރމޭޝަން ސިސްޓަމް އޮޑިޓް
|
އަސާސީ މުސާރަ
|
-/15,500ރ (ފަނަރަ ހާސް ފައް ސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
ދުވާލަކަށް 316/67ރ (ތިންސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި)
|
ލިވިންގ އެލަވަންސް
|
-/3،500ރ (ތިންހާސް ފައް ސަތޭކަ) ރުފިޔާ
|
އޮޑިޓް އެލަވަންސް
|
-/2،000ރ (ދެ ހާސް) ރުފިޔާ
|
ޕްރޮފެޝަނަލް އެލަވަންސް
|
މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2،000ރ (ދެ ހާސް) ރުފިޔާ
ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1،000ރ (އެއް ހާސް) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- އައި.ޓީ އޮޑިޓުގެ މަސައްކަތްތައް އިންޓަރނޭޝަނަލް އައި.ޓީ އޮޑިޓިން ސްޓޭންޑަޑްތަކާ އެއްގޮތަށް ހަރުދަނާކޮށް، އެ ޑިޕާޓްމަންޓްގެ މަސައްކަތްތައް އަހަރުން އަހަރަށް ފުޅާ ކުރުން.
- ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގައި ބަލަހައްޓަމުންދާ އައި.ޓީ ސިސްޓަމްތައް (ހާޑްވެއަރ އަދި ސޮފްޓުވެއަރ) ތަކުގެ ޕޯޓްފޯލިއޯއެއް ބަލަހައްޓައި، އޭގެ ތެރެއިން އޮޑިޓު ކުރަންޖެހޭ ސިސްޓަމްތައް ދެނެގަތުން.
- އައި.ޓީ އޮޑިޓް ޔުނިޓުގެ ޤާބިލުކަން އިތުރުކުރުމާއި ސެޕް (SAP) ބޭނުންކޮށްގެން ކޮމްޕިއުޓަރައިޒްކޮށްފައިވާ ޕަބްލިކް އެކައުންޓިންގ ސިސްޓަމުން މުރާޖަޢާކޮށް އޭގައިވާ އޮޑިޓް ރިސްކް ތަކާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.
- އޮފީހުގެ ސިޔާސަތުތަކާ އެއްގޮތަށް، ޑިޕާޓްމަންޓުން ކޮންމެ އަހަރު ކުރާނެ އޮޑިޓުތައް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެނުއަލް ވާރކް ޕްލޭންގައި ހިމެނުން.
- ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުގެ އޮޑިޓު ރާވައި ހިންގުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެނުއަލް ވާރކް ޕްލޭންގައިވާ މުއްދަތުތަކަށް އެއިދާރާތަކުގެ އޮޑިޓް ރިޕޯޓުތައް ޝާއިޢު ކުރެވެމުން ދާނެ ފަދަގޮތަށް އޮޑިޓް މަސައްކަތް ރާވައި ހިންގުން.
- ހުރިހާ އޮޑިޓެއްގައި އޮޑިޓް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުވެމުން ދޭތޯބެލުމާއި އޮޑިޓް މެނޭޖްމަންޓް ސިސްޓަމުގައި އޮޑިޓް ފައިލްތަކުގެ ފުރިހަމަކަން ޔަޤީން ކުރުން.
- އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް ، އޮޓޯމޭޓް ކުރުމަށްޓަކައި ، އައިޓީ ސްޓްރެޓަޖީއެއްހަދައި އެއާ އެއްގޮތަށް އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމެއް ހަމަޖެއްސުން
- އޮފީހުގެ އައި ޓީ ސެކިޔުރިޓީއާ ، ޔޫސަރ ކޮންޓްރޯލްސް އަދި ބެކްކަޕް ނިޒާމް ހަރުދަނާ ކުރުން
- އައި ޓީ ހާޑްވެއަރ އަދި ސޮފްޓް ވެއަރ ތައް ގަވާއިދުން އަޕްޑޭޓް ކޮށް އަލަށް ގެންނަން ޖެހޭ ތަކެތީ ގެ ޕްލޭނެއް ތައްޔާރުކޮށް ، ޕްރޮކިޔޮމަންޓް އަދި މެއިންޓަންސްގެ ކަންތައް އޮފީހުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުން.
- އޮފީހުގެ އެހެނިހެން ޑިޕާޓްމަންޓުތަކަށް އައި.ޓީ އޮޑިޓުގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި، އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
- ކޮމްޕިއުޓަރ ޔޫސަރޒްއަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިމްޕްލިމެންޓް ކުރުން.
- އިންފޮމޭޝަން ސިސްޓަމްސް ފުޅާކޮށް ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ކަމާގުޅޭ މާހިރުންނާ މުޢާމަލާތްކޮށް އިންފޮމޭޝަން ސިސްޓަމްސް ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
- އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު ތައްޔާރުކޮށް، އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން.
- ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ތަމްރީން ދިނުމާއި ކޮމްޕިއުޓަރ އެކިއެކި އެއްޗެހި ބޭނުންކުރާނެ ރައްކާތެރި ފަސޭހަގޮތް ބުނެދިނުން.
- ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކުރުން.
- އޮފިހުގެ ވެބްސައިޓް ޑިވެލޮޕް ކުރުމާއި ވެބްސައިޓް އަޕްޑޭޓް ކުރުން ނުވަތަ އަޕްޑޭޓް ކުރުމުގެ ޕްރޮސީޖަރތައް ހަދާ އިމްޕްލިމެންޓް ކުރުން.
- ޑޮކިއުމަންޓް އަދި ޑިޕާޓްމަންޓްތަކަށް ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ބަލަހައްޓާ ޑޮކިއުމަންޓް މެނޭޖް ކުރާނެ ސިސްޓަމެއް ގާއިމް ކުރުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
7. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
5 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.
|