ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޏ. ފުވައްމުލަށް ގޮފީގައި 2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޏ. ފުވައްމުލަށް ގޮފީގައި  2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2021 ސެޕްޓެމްބަރ 26 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ފުވައްމުލަށް ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 އޮކްޓޯބަރ 07 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މަރުކަޒުގެ ފުވައްމުލަށް ގޮތްޕަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] ށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

26 ސެޕްޓެންބަރު 2021
ހޯދާ