ދިވެހިރާއްޖެ
(IUL)345-CAA/345/2021/169
އިޢުލާން
އއ. މާޅޮހު ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމާ ގުޅޭ:
އއ. މާޅޮހުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރީތައް ދަނީ ވަމުންނެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ އަދި ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށްއެދި ގޭގެ ވެރިފަރާތުން ޙިދުމަތަށް އެދޭ ފޯމް ހުށަހަޅަން ޖެހެއެވެ.
ޙިދުމަތަށް އެދި ފޯމް ހުށަހެޅުމުގައާއި ފޯމް ބަލައިގަތުމުގައި، ކަނެކަޝަން ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަން އަދަދު ފައިނަލް ކުރުމުގައި ޢަމަލުކުރަނީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓްގެ ގަވާއިދު ނަމްބަރ: 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ފެނުގެ ޙިދުމަތްތައް ނުވަތަ ނަރުދަމާގެ ޙިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ވީމާ، މި ގަވާއިދާއި އެއްގޮތަށް ޙިދުމަތަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު 26 ސެޕްޓެމްބަރ 2021 (އާދީއްތަ) ދުވަހުންފެށިގެން 25 ނޮވެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. ޙިދުމަތަށް އެދޭ ފޯމް މި ކައުންސިލްގެ އިދާރާއިން އަދި ގަވާއިދާއި ފޯމް ކައުންސިލްގެ ވެބްސައިޓް www.aamaalhos.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.