ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ބ. ކަމަދޫ ، ދިވެހިރާއްޖެ.
Secretariat of the South Maalhosmadulu Kamadhoo Council
Baa.kamadhoo,Rep.Of Maldives
ނަންބަރު:(IUL)314--/INDIV/2021/20
އިޢުލާން
ބ.ކަމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ
ކަމަދޫއިން ދިރިއުޅުމަށްޓަކާ، ބަންޑާރަ ގޯތީގެ ގޮތުގައި 2000 އަކަފޫޓްގެ 64 ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން "ބ. ކަމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 24 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ފޯމްގެ އަޞްލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން 13:30 ގެ ނިޔަލަށެވެ.
" ބ. ކަމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" 23 ސެޕްޓެމްބަރ 2021 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
މިއިޢުލާނާއިއެކު "ބ. ކަމަދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް - 2021" އާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ކުރެހުންތައް ޝާއިޢުކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
17 ޞަފަރު 1441
23 ސެޕްޓެމްބަރ 2021