ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: GS-171/IUL/2021/16
މިސްކޫލް ގެ 12 ކުލާސްރޫމަށް 12 ކަބަޑުސެޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS171/IUL/2021/09 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނަން ނޯޓްކޮށް ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، މިމަސައްކަތަށް ނަންނޯޓްކޮށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
އަންދާސީ ހިސާބު ބޭނުން ވެއްޖެ.
މި ސްކޫލްގައި ތިރީގައި މި ދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
- މިސްކޫލް ގެ ކުލާސްރޫމުތަކަށްކަބަޑުސެޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021ން 28 ސެޕްޓެމްބަރ 2021އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30އިން 13:30އަށް މިސްކޫލްގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:30 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 28 ސެޕްޓެމްބަރ 2021ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަންހުށަހެޅުމާއި ހުޅުވުންއޮންނާނީ 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގައި ހުޅުދެލީ ސްކޫލުގެ ލައިބްރަރީގައެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެރުވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދެލީސްކޫލް
ފޯން: 7952918
އީމެއިލް އެޑްރެސް: [email protected]